ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމަށް އަލަށް އިތުރުކުރާ ދެ ކެޓަގަރީއަށް އަންނަ މަހުގެ ތެރޭގައި ފޯމު ހުށަހަޅަން ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި މިނިސްޓަރު ރޭ އެހެން ވިދާޅުވެފައި މިވަނީ، ދެ ކެޓަގަރީއެއް އިތުރުކުރުމަށް ނިންމަވާފައިވާކަން ރިޔާސީ ބަޔާނު އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައި ވަނިކޮށެވެ.
އެގޮތުން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެހިގެންދާނެ ކަމަށާއި ”ބިންވެރިޔާ“ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން، ގޯތި ދޫކޮށްލާ ނަމަ، އެއިން ކޮންމެ ފަރާތަކަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މުއްތަލިބު ވިދާޅުވީ އެ ދެ ކެޓަގަރީއަށް ރޯދަ މަހުގެ ކުރިން އުސޫލު އާންމު ކުރެވޭތޯ މަސައްކަތްތައް ކުރަމުންގެންދާ ކަމަށާއި އަންނަ މަހުގެ ކުރީކޮޅު ފޯމު ހުށަހެޅުމަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުސަތު ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއިން ކޮންމެ ކެޓަގަރީއަކަށް ވެސް 1000 ހާއްސަކުރެވިގެންދާނެ ކަމަށާއި އެ ކެޓަގަރީތައް އިތުރުކުރުމުގެ ބޭނުމަކީ ކޮންމެ އާއިލާއަކަށްވެސް ވަކިން ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




ގުޅުންހުރި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ