ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވަނީ، އެ މަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
”ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، މާދަމާ (ބުދަ ދުވަހަކީ) ހިޖުރީގޮތުން 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމު އަހުންނާއި އުހުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ!،“ ފަލަކީ އިލްމު އުނގެނިވަޑައިގެން ހުންނެވި ރައީސް މައުމޫން ވިދާޅުވިއެވެ.
ގިނަ ގައުމުތަކުން ގެންގުޅޭ އުސޫލަށް ބެލި ކަމުުގައިވިޔަސް، މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި މާދަމާއަކީ މުލަ ރޯދަ ދުވަހެވެ.




ގުޅުންހުރި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި
ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ
ރިޝްވަތު ދިން ވާހަކަ ދޮގުކޮށް ޔާމީން ގޮވައިގެން މައުމޫން ކޯޓަށް ދާން
މައުމޫން އަތުން 1.1 މިލިއަން ހޯދަން އެމްޓީސީސީން ހުށަހެޅި މައްސަލަ އަނބުރާ