ބްރައިޓްމައިންޑްސްގެ ވެރިޔާއަށް ކުރަނީ ދެ އަހަރުވަންދެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު

ދަރިވަރުންނަށް ޓިއުޝަންގެ ހިދުމަތް ފޯރުކޮށްދޭ ބްރައިޓް މައިންޑްސްގެ ވެރިޔާ އަލީ އަފްލަހަށް ކުރަނީ ދެ އަހަރުވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެފިއެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހމ. ހައިރާތު / މާލެ، އަލީ އަފްލަހު (27އ) ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އަފްލަހުގެ މައްޗަށް ތުހުމަތުކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތު ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.