ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައަކީ އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯކުރުމާއި އެޑިޓްކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާ ޑީއާރުޕީން ނުދައްކައި އޮތް މައްސަލައެކެވެ.
އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އެރިއެވެ. ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނިކުރުމަށްފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ.
އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދު ކުރިއެވެ. އެހެންކަމުން އާމިރު ސިވިލް ކޯޓުގައި ދައުވާކުރީ، ހިދުމަތުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ ހޯދަން ކުރި ތަންފީޒީ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވައި ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަނުވެގެން ޑީއާރުޕީ ވަނީ އުވާލައިފައެވެ.
އެ ޕާޓީ އުވާލި ފަހުން ވެސް ގިނަ އަދަދެއްގެ ދަރަނި އޮތް އިރު، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ. އޭރު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މުހައްމަދު ނަޝީދެވެ.
ނަޝީދުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ އެ ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.




ގުޅުންހުރި
އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް