ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނަގާ އާންމު ވޯޓު ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީން ކޯޓަށް ދާން ނިންމައިފިއެވެ.
އެ ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ އާންމު ވޯޓު ނެގުމާ ދެކޮޅަށް މަސައްކަތްކުރުމަށް އެމްޑީޕީން ނަގާފައިވާ ޓާސްކްފޯހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އެ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގަރާރު ނެރުއްވީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އެ ވޯޓު ހުއްޓުވުމަށްޓަކައި ވަގުތީ އަމުރެއް ނެރެން ޖެހޭނެ ކަމަށާއި އެ ވޯޓާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ އިރު، އޭގެ ތެރޭގައި އަންނަ މަހު ބާއްވާ ބޮޑު އެއްވުމެއް ހިމެނޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ގާނޫނަށް ގެނައި ބަދަލާއެކު ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ އާންމު ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއެކުއެވެ. އެ ވޯޓަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ ތައްޔާރުވެފައެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމުން ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށާއި އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލަކީ އެއީ ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ދަނީ ބުނަމުންނެވެ.




ގުޅުންހުރި
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އީސީން
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން