ކުވެއިތު އެއާޕޯޓުގެ ތެޔޮ ޓޭންކަކަށް ހަމަލާދީފި

ކުވެއިތް އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް ދީފި އެވެ.

ކުވައިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ހަމަލާއާ ގުޅިގެން ތެޔޮ ޓޭންކުގައި އަލިފާން ރޯވުމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށައި، ލިބުނު ގެއްލުންތައް ވަނީ ކުޑަކުރެވިފަ އެވެ. ނަމަވެސް މި ހާދިސާ ދިނީ ކޮންބައެއް ކަމެއް ނުބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި ހަމަލާއާ ގުޅިގެން ކުވައިތުގެ އަސްކަރިއްޔާ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ވައިގެމަގުން އަންނަ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ހަމަލާއާ ގުޅިގެން އެއާޕޯޓު ބަންދުކުރިކަމުގެ ރަސްމީ ރިޕޯޓެއް އަދި ނެތެވެ.