އައްޑޫ ސިޓީ ކައުންސިލުގައި ހިމެނޭ 11 ގޮނޑި ވެސް ހޯދައި، އިދިކޮޅު އެމްޑީޕީން ފުރިހަމަ ކާމިޔާބެއް ހޯދައިފިއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީން އެއް ދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއް ކާމިޔާބުކުރީ ބޮޑު ފަރަގަކާއެކުއެވެ.
އެންމެ ވާދަވެރިކޮށް ގޮސްފައިވަނީ އައްޑޫ ސިޓީގެ މޫލެކެޑެ ދާއިރާއެވެ. އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރާއި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދުގެ ދެމެދުގައި އޮތީ އެންމެ އަށް ވޯޓުގެ ފަރަގެކެވެ. އަހުމަދު ނަޒީރަށް 591 ވޯޓު ލިބުނު އިރު، ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބުނީ 582 ވޯޓެވެ.
އައްޑޫ ސިޓީގެ ގޮނޑިތައް ކާމިޔާބުކުރި ކެންޑިޑޭޓުން:
- އަލީ ނިޒާރު – މޭޔަރު (އެމްޑީޕީ)
- މުހައްމަދު ޝުއާއު – ހިޔަދޫ މެދެވައު ދާއިރާ (އެމްޑީޕީ)
- އަހުމަދު ނަޒީރު – ހިތަދޫ މޫލެކެޑެ ދާއިރާ (އެމްޑީޕީ)
- އިބްރާހިމް ޝިނާޒް – ހިޔަދޫ ކޮރޮވައު ދާއިރާ (އެމްޑީޕީ)
- ހުސައިން ޒަރީރު – ހިތަދޫ ރަސްގެދަރަ ދާއިރާ (އެމްޑީޕީ)
- މަރިޔަމް ސައީދާ – ހިތަދޫ ބޭރުމަތި ދާއިރާ (އެމްޑީޕީ)
- ޑރ. އާމިނަތު އަދާލާ ރަޝީދު – ހިތަދޫ މާމެންދޫ ދާއިރާ (އެމްޑީޕީ)
- ނުސްރަތު ރަޝީދު – މަރަދޫ ދާއިރާ (އެމްޑީޕީ)
- އަގީލް މުހައްމަދު – މަރަދޫފޭދޫ ދާއިރާ (އެމްޑީޕީ)
- އާއިޝަތު ޒަހާ އަލީ – ފޭދޫ މަގުއްދޫ ދާއިރާ (އެމްޑީޕީ)
- އިސްމާއިލް ސައީދު – ފޭދޫ މާދެލަ ދާއިރާ (އެމްޑީޕީ)
އައްޑޫ ސިޓީގެ އިތުރުން، މާލެ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީ ކައުންސިލުން ވެސް އެމްޑީޕީން ވަނީ މޭޔަރު ގޮނޑިތަކާއެކު ސުޕަ މެޖޯރިޓީ ހޯދައިފައެވެ. އޭގެ އިތުރުން ފަސް ސިޓީގެ ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.



