އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް މީހަކަށް ފަރުވާދެނީ 

ގެއެއްގެ ދޮރުމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު 18:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

ހަބަރު ހުސްވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި އެ މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.