އުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި 

އުމްރާގެ އަޅުކަމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށެވެ.

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން އުމްރާއަށް ވަޑައިގެންނެވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.