ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފުލުހުން ހޯދަމުންދާ މީހާ: އޭނާ ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައި --- ފޮޓޯ: ފުލުހުން

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އޮރެންޖާއި ހުދުކުލައިގެ ޖާޒީއެއް ލައިގެން ހުރި ފިރިހެނަކު އިމާރާތެއްގެ 14 ވަނަ ބުރިން ލިފްޓަށް އަރާ މަންޒަރެވެ. އެއީ ކޮން އިމާރާތެއް ކަމެއް އަދި އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ، އެ މީހާ ހޯދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.