ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ރައީސް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު މަގާމުން ވަކިކުރައްވައިފަ އެވެ. އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ އިތުރުން ހަ މިނިސްޓަރަކު މިހާތަނަށް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
- ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
މި ބޭފުޅުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް މިނިސްޓްރީތަކަށް ރައީސް އޮފީހުން ވަނީ މިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.



