ބައެއް މިނިސްޓްރީތައް އެއްކޮށްލައި، އެ މިނިސްޓްރީތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން މިނިސްޓަރުން އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، 11 މިނިސްޓްރީއަކަށް މިނިސްޓަރުން އައްޔަންކުރައްވައިފައެވެ. އޭގެ ތެރެއިން އަލަށް ކެބިނެޓަށް އައްޔަންކުރައްވާފައިވަނީ ހަތަރު މިނިސްޓަރެކެވެ.
ދެން ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަކީ ބައެއް މިނިސްޓްރީތައް އެއްކޮށްލުމުން އަލުން މަގާމުތަކަށް އައްޔަންކުރަންޖެހޭތީ، އައްޔަންކުރެއްވި މިނިސްޓަރުންނެވެ.
މިނިސްޓްރީގެ ނަންތަކާއި އައްޔަންކުރެއްވި މިނިސްޓަރުން:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް މިނިސްޓަރު މޫސާ ޒަމީރު
- ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން
- ފޮރިން އެފެއާޒް މިނިސްޓަރު އިރުތިޝާމް އާދަމް
- އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
- ހެލްތު ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ
- އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
- ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް މިނިސްޓަރު އަބްދުﷲ ރާފިއު
- އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް
ރައީސް އެ ބަދަލުތައް ގެންނަވާފައިވަނީ، މިއަދު ދިހަ މިނިސްޓަރަކު ވަކިކުރައްވައިފައެވެ.
ވަކިކުރެއްވި މިނިސްޓަރުން:
- ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
- ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް
- ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
- ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް
- ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
- އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާ
- ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު



