ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓް މެންބަރުންގެ 15 އަށް މަދުކުރައްވައިފިއެވެ.
މީގެ ކުރިން ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ 20 މެންބަރުންނެވެ. އަދަދުތައް މަދުވެފައިވަނީ، ބައެއް މިނިސްޓްރީގެ މަސައްކަތްތަކަށް ރައީސް ގެންނެވި ބަދަލުތަކާއެކުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި 12 މިނިސްޓަރުންނަށް ވަނީ މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ. އެބޭފުޅުންނަށް މިނިސްޓަރުކަމުގެ ހުވައިލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ހުވައިކުރެއްވުމަށްފަހު، އެބޭފުޅުން މިނިސްޓަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރެއްވިއެވެ.
ކެބިނެޓަށް އައްޔަންކުރެއްވި 12 މިނިސްޓަރުން:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު
- ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން
- ފޮރިން އެފެއާޒް މިނިސްޓަރު އިރުތިޝާމް އާދަމް
- އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ
- އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
- ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް
އެ މިނިސްޓަރުންނާއެކު ކެބިނެޓުގައި ދެން ހިމެނިވަޑައިގަންނަވާނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރެވެ. ނަމަވެސް މިހާތަނަށް ޑިފެންސް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފައެއް ނުވެއެވެ.



