ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލު ލަޝްކަރަކީ ލޮބުވެތި ދިވެހި ސިފައިން ކަމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ, ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ދިވެހި ސިފައިންގެ 134 އަހަރުގެ ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި މުޖާހިދުންނާއި ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ.
އަދި ދިވެހި ގައުމަށްޓަކައި ރެޔާއިދުވާލު ދިވެހި ސިފައިން ކޮށްދެއްވަވާ އަގުހުރި ހިދުމަތަށް އެ މަނިކުފާނު ވަނީ ފަށްފަށުން ޝުކުރު ދަންނަވައިފަ އެވެ.



