އެސްޓީއޯ ހިޓާޗީ ”ފިނި ފިނި ޕްރޮމޯ“؛ ބޮޑު އިނާމަކަށް 40,000 ރުފިޔާގެ އަގުހުރި ޕެކޭޖެއް!

އެސްޓީއޯ ހިޓާޗީ ފިނިފިނި ޕްރޮމޯގެ ދަށުން ކުރިއަށްގެންދާ ލަކީޑްރޯއިން އެއްވަނަ ލިބޭ ފަރާތަކަށް ލިބޭ ބޮޑު އިނާމު ----

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހިޓާޗީ ބްރޭންޑުގެ އޭސީތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”ފިނި ފިނި ޕްރޮމޯ“ ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ، އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ހިޓާޗީ ބްރޭންޑުގެ އޭސީތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ލަކީޑްރޯއެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ކޮންމެ 1,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި ދޭން ނިންމާފައިވަނީ 40,000 ރުފިޔާގެ އަގުހުރި ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެކެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން، އަތޮޅުތެރޭގައި ހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

ހިޓާޗީއަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހިންގެ އިތުބާރު ހޯދާފައިވާ، ކޮލިޓީ ރަނގަޅު ބްރޭންޑެކެވެ.