ޣައްޒާގެ 70 ޕަސެންޓް ހިފައި، އިޒްރޭލު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަމަލުކުރަން ފެށި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު އަމުރެކެވެ.
”މިހާރު އަަހަރެމެން ޣައްޒާގެ 60 ޕަސެންޓް ކޮންޓްރޯލް ކުރަމުންދާއިރު، (އިޒްރޭލު ސިފައިންނަށް) އަހަރެންގެ އިރުޝާދަކީ 70 ޕަސެންޓް ކޮންޓްރޯލް ކުރުމާ ދިމާލަށް މިސްރާބު ޖެހުން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ބޭއްވި ކޮންފަރެންސެއްގައި ނަތަންޔާހޫ ބުންޏެވެ.
ހަމާސް އިން 7 އޮކްޓޫބަރު 2023 ގައި އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާގައި ވަނީ ފަލަސްތީނާއި ހަމާސް އިން ވެސް އަސީރުން ބަދަލުކޮށްފަ އެވެ.
ނަމަވެސް، ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި އެކި މަރުހަލާތަކަށް ބަހާލައިގެން އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުން ހިމެނޭ ދެވަނަ މަރުހަލާއަށް ދިއުން ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ.







