އިޒްރޭލުން ބޮން އަޅައި، ޣައްޒާގެ އެއް އާއިލާއެއްގެ ފަސް މީހަކު ދިރިތިއްބާ އަންދާލައިފި

އިޒްރޭލުން މިއަދު ފަތިހު ދިން ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށްދިޔައިރު, އެ މީހުންގެ އާއިލާތަކުން ހިތާމަކުރަނީ ---

ޔަހޫދީ އިޒްރޭލުން މިއަދު ފަތިހު ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުކޮށްލައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ސިޓީގެ ހުޅަނގަށާއި ދެކުނުގައި ހުންނަ ހަތަރު އެޕާޓްމަންޓަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާ ދިނީ އެންމެން ނިދާފައި ތިއްބަ އެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މީހަކު ހިމެނެ އެވެ. އެއީ ދެމަފިރިއަކާއި އެ މީހުންގެ ތިން ކުދިންނެވެ. ހަމަލާގައި އެ އާއިލާއިން ސަލާމަތްވީ ހާލާ ނަމަކަށް ކިޔާ ކުޑަކުއްޖެކެވެ. އުމުރު ރިޕޯޓް ކޮށްފައިނުވާ އެ ކުއްޖާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން ހާލާ ސަލާމަތްވީ އާއިލާގެ އެހެން މީހުންނާ ކުޑަކޮށް ދުރުގައި ނިދަން އޮތުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ އާއިލާގެ ފަސް މީހުން ޝަހީދުވީ އެ މީހުން ނިދާފައި ތިބި އެޕާޓްމަންޓަށް ދިން ހަމަލާގައި އެ އެޕާޓްމަންޓުގައި އަލިފާން ރޯވެ، ދިރިތިއްބާ އަނދައިގެންނެވެ.

”އުދަނގޫ އަދި ބިރުވެރި،‘ ފަސް އާއިލާއިން ޝަހީދުކޮށްލި ސައިޓަށް ދިޔަ ފަލަސްތިނިއަން ސިވިލް ޑިފެންސް އިން އެ އެޕާޓްމަންޓުގެ އޮފިސަރުން ބުނެފައިވެ އެވެ.