ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: މިހާތަނަށް 20 އިންސައްތަ މީހުން ވަނީ ވޯޓުލާފައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް 20 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން މިއަދު 11:00 ހަމައަށް ޖުމްލަ 795 މީހުން ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 19.29 އިންސައްތައެވެ. ވޯޓުލާފައިވަނީ 409 ފިރިހެނުންނާއި 386 އަންހެނުން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.

މިއިންތިޚާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.

ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.