ގދ. ގައްދޫ ކައިރިއަށް އެންދަމަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލުނު ކަމުގެ ރިޕޯޓު ފަތިހު 5:40 ހާއިރު ލިބިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަނިކޮށް ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށެވެ.
އެ ޒުވާނާ ފުލުހުންގެ ލޯންޗެއްގައި ގައްދޫއަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


