މިއަދު ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބަލަން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިފި އެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ބުނީ، މިއީ ވޯލްޑް ކަޕްގެ މެޗުތައް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި، އެ ކުންފުންޏާއި ޕީއެސްއެމް ގުޅިގެން ބެހެއްޓި ސްކްރީންތަކެއް ކަމަށެވެ. އަދި މި ސްކްރީންތަކުން ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކާނެ ކަމަށްވެސް ބުންޏެވެ.
ބޮޑު ސްކްރީން ބަހައްޓާފައިވާ ސަރަހައްދުތައް؛
- ހުޅުމާލެ ފޭސް 1 – ސެންޓްރަލް ޕާކު
- ހުޅުމާލެ ފޭސް 1 – ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި.
- ހުޅުމާލެ ފޭސް 2 – ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރި.


