އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

ޒިޔަތު

ރާއްޖޭގެ ކޮމާޝަލް ބަނދަރުތައް ބަލަހައްޓާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.

މިކަން ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔަތު އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވާފައި މިވަނީ، އެމްޕީއެލްގެ ބޯޑުން މެއި 1، އޭނާ ވަކި ކުރުމުންނެވެ.

ޒިޔަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.