ހިއްކައިގެން ހުޅުމާލޭގެ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ފަރުކޮޅުފުށީގައި މިރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކު ޒަހަމްކޮށްލައިފި އެވެ
ފުލުހުން ބުނީ ހުޅުމާލެ 2 ގެ ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިންގި މައްސަލައެއް މިއަދު އިރުއޮއްސި 6:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އުމުރުން 21 އަހަރާއި 34 އަހަރުގެ ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ މީހުން ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި ޒަހަމްކޮށްލި ދެ މީހުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) ހިމެނެ އެވެ. އޭނާއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާންއާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށް ދައުވާވެސް އުފުލި މީހެކެވެ.
ނަމަވެސ ްދައުވާކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.


