އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި ދެމިތިބުން: އިބޫ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ---

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ އެހެން ވިދާޅުވީ، އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ މެންބަރުންނަށް ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އިބޫ ވިދާޅުވީ، ރާއްޖެއަށް އިސްލާހީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީ ކުރި ބުރަ މަސައްކަތް ތާރީހުން ފެންނަން އެބަ އޮތް ކަމަށެވެ.