މިއަދުގެ ރީތި ތާރީހު، 26.06.26 ގައި މާލޭގައި އެކަނިވެސް 50 ކައިވެނި ކޮށްދީފި އެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި، މިއަދު ޖުމުލަ 50 ކައިވެނި އެ ކޯޓުން ކޮށްދީފައިވާއިރު، އޭގެ ތެރެއިން 39 ކައިވެނި ކޮށްދީފައިވަނީ ކޯޓުން ބޭރުގައި ކަމަށެވެ. ކޯޓުގައި ކުރީ 11 ކައިވެންޏެވެ.
ރީތި ތާރީހުތަކުގައި ކައިވެނިކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުވެފައިވާ ކަމެކެވެ.
މީގެ ކުރިން އައި މިފަދަ ތާރީޚުތަކަށް ބަލާއިރު، 2022ވަނަ އަހަރުގެ ފެބްރުއަރީ 22 (22.02.22)ގައި 85 ކައިވެންޏެއް ފެމިލީ ކޯޓުން ވަނީ ކޮށްދީފަ އެވެ. އަދި 2021 ވަނަ އަހަރު އެންމެ ގިނައިން މީހުން ކައިވެނިކުރި ދުވަސް ކަމަށްވާ 21.12.21ގައި ވެސް 57 ކައިވެންޏެއް އެ ކޯޓުން ވަނީ ކޮށްދީފަ އެވެ.


