އެލައިޑުން ދޭ 50،000 ރުފިޔާ ބޭނުންތަ؟ ވިސްނާފައި ގޮތް ނިންމަން ބާކީ އޮތީ 3 ދުވަސް!

ވޯލްޑް ކަޕް 2026ގެ ފައިނަލުގައި ކުޅޭނެ ދެ ޓީމު ދިމާކޮށްގެން އެލައިޑް އިންޝުއަރެންސް އިން ދޭ ބައި ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު ބަންދުވާން ބާކީ އޮތީ ތިން ދުވަހެވެ.

”ބައި ލައްކަ ބޭނުން؟“ގެ ނަމުގައި އެލައިޑުން މިދިޔަ ޖޫން 12 ވަނަ ދުވަހު ފެށި މި ފުރުސަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އެއީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މި ފުރުސަތުގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ:

  • އެލައިޑް އިންޝުއަރެންސްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖު ފޮލޯކުރުން
  • ފުރުސަތުގެ މެއިން ޕޯސްޓުގައި ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނެ ދެ ޓީމު ކޮމެންޓްކުރުން
  • ކޮމެންޓުގައި ތިން ރައްޓެހިން ޓެގު ކުރުން
  • އިންސްޓަގްރާމްގެ ޔޫސާނޭމް ކޮމެންޓުގައި ހިމެނުން

މި ފުރުސަތަށް ބޮޑު ތަރުހީބެއް މިހާރުވެސް ދަނީ ލިބެމުންނެވެ. އެގޮތުން މިހާތަނަށް 500 އެއްހާ މީހުން އެ ޕޯސްޓަށް ކޮމެންޓު ކޮށްފައިވެ އެވެ.