ރައީސްއާ ބައްދަލުކުރަން ބޭނުންވާ މީހުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސްގެ އޮފީހުން ބުނީ، ”ރައްޔިތުންގެ އަޑު“ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށެވެ.

މި ދާއިރާތަކުން ”ރައްޔިތުންގެ އަޑު“ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސްގެ އޮފީހުގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ މާދަމާގެ ރޭ 00:00 އެވެ.

މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމަށް، ވަކިވަކި ދާއިރާތަކުން، ސީދާ އެ މަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ފައްޓަވާނެކަން ރައީސް އިއުލާން ކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.