ވައިގެމަގުން އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަސްޓަމްސް އިން އަތުލައިގެން ވޭޕް ކާޓްރިޖުތައް --- ފޮޓޯ: ކަސްޓަމްސް

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގަތީ މި މަހުގެ ތިންވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އެ ތަކެތި އަތުލައިގަތީ ދިވެއްސެއްގެ އަތުން ކަމެއް ނުވަތަ ބިދޭސީއެއްގެ އަތުން ކަމެއް އަދި އެ ތަކެތި ގެނެސްފައިވަނީ ފޮރުވައިގެން ކަމެއްވެސް ކަސްޓަމްސްއަކުން ނުބުނެ އެވެ.

ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި މިދިޔަ ޖޫން މަހު ވަނީ ޖުމުލަ 28،637 ވޭޕް ކާޓްރިޖް އަތުލައިގެންފަ އެވެ. އެ ތަކެތި އަތުލައިގަތީ ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށެވެ.