ރައީސް ޑރ. މުހައްމަދު މުއިއްޒު, އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް, ހ. ވައިޓްޑައިމަންޑް, ޖަމީލާ އަލީ ހާލިދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޖަމީލާ ސަފީރުކަމަށް އައްޔަންކުރެއްވީ, އެކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޔޫކޭގެ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. އޭނާ ފޮރިން މިނިސްޓަރުގެ މަގާމަށް މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އައްޔަންކުރެއްވުމާއި ގުޅިގެން އެ މަގާމު އޮތީ ހުސްކޮށެވެ.
އެ މަގާމަށް ޖަމީލާ އައްޔަންކުރެއްވުމަށްޓަކައި ރައީސް މަޖިލީހަށް ފޮނުއްވީ 16 އޮގަސްޓް 2026 ގައެވެ. އޭނާއަށް މަޖިލީހުން ރުހުން ދިނީ 26 އޮގަސްޓް 2026 ގައެވެ.
ޖަމީލާ އަކީ ހާރިޖީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ކުރައްވާފައެވެ.


