ތިނަދޫ ސިނާއީ ސަރަހައްދުގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ 27 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ، އޭނާ ނިޔާވެފައި އޮއްކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 4:11 އެހައިކަންހާއިރު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.