ހުޅުމާލޭ ސްޓެލްކޯ ފްލެޓަކުން ދެ އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް ---

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން ދެ އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ކުއްޖާ ވެއްޓިފައިވަނީ ސްޓެލްކޯ ހިޔާ ފްލެޓް ބީ އިންނެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ހުޅުމާލޭގައި ހުންނަ ސްޓެލްކޯ ފްލެޓަކުން ކުއްޖަކު ވެއްޓި ނިޔާވި އިރު، އިއްޔެ އަމާން އުދަރެސްގެ ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވަނީ ވެއްޓިފަ އެވެ. އެ ކުއްޖާއަށް ހޮސްޕިޓަލުގައި އަދިވެސް ފަރުވާ ދެމުން އަންނައިރު، އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް އެނގިފައިވެ އެވެ.