މަހަށް ނުކުމެ އުޅުނު ދޯންޏަކުން ފީނަން ފޭބި ޒުވާނަކު ނިޔާވެއްޖެ

ށ. އަތޮޅުގައި މަހަށް ނުކުމެ އުޅުނު ދޯންޏަކުން ފީނަން ފޭބި ޒުވާނަކު އިއްޔެ ނިޔާވެއްޖެ އެވެ.

އެ ހާދިސާގައި ނިޔާވީ ރ. ދުވާފަރު/ ލިލީމާގޭ، މުހައްމަދު ޝައްފާން ނަމަކަށް ކިޔާ 30 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ، ޝައްފާން ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ނަމަވެސް މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.