ބާރަށް ދުއްވުމާއި ސްޓަންޓް ޖައްސަމުން ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވާ މީހަކަށް ފުލުހުން ދިނީ ނަސޭހަތް!

ފުލުހުންތަކެއް ---

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދީފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ, އުމުރުން 22 އަހަރު ދިވެހި އެ މީހާއަކީ ގިނަ ރެކޯޑްތަކެއް އޮންނަ މީހެއް ކަމަށެވެ. އެގޮތުން:

  • ސްޓަންޓް ޖައްސަމުން ދުއްވުން
  • ޒިގްޒެގްކޮށް ބާރުސްޕީޑުގައި ދުއްވުން
  • ވަންވޭއާ ހިލާފަށް ދުއްވުން
  • މޮބައިލް ފޯނުން ވާހަކަދައްކަން ދުއްވުން
  • އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުން
  • ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން

ފުލުހުން ބުނީ, އޭނާއަކީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން, މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާ ކަމަށެވެ.