މިނިސްޓަރުންގެ މުސާރަ 58،500ރ. އިން 75،500ރ. އަަށް ބޮޑުކުރަން ފާސްކޮށްފި

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން ---

މިނިސްޓަރުންގެ މުސާރު 75،500 ރުފިޔާއަަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިހާރު މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 58،500ރ. އެވެ. އެ މުސާރަ ބޮޑުކުރަން ބޮޑުކުރަން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

މިނިސްޓަރުންގެ މުސާރައަށް އައި ބަދަލު އެ ކޮމިޓީގެ އިދާރީ މޭޒުން ތަފުސީލު ކޮށްދެމުން ބުނެފައިވަނީ، 2024 ވަނަ އަހަރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ބޮޑުވި އިރު، އެ މެންބަރުންނަށް ލިބޭ މުސާރައަށްވުރެ މިނިސްޓަރުންނަށް ލިބޭ މުސާރަ ކުޑަ ކަމަށެވެ.

އެގޮތުން މިނިވަން މުއައްސަސާތަކަށް 74،000ރ. އާއި 59،000ރ.، އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 91،00ރ.، އެހެން ފަނޑިޔާރުންނަށް 89،00ރ.، ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް 76،000ރ، އެހެން ފަނޑިޔާރުންނަށް 68،000ރ، ލިބޭއިރު އިސްގާޒީންނަށް 62،000 ރުފިޔާ އަދި ގާޒީންނަށް 60،000 ލިބޭ ކަމަށް ބުންޏެވެ.

އެހެންކަމުން މިނިސްޓަރުންގެ ސީދާ މުސާރައާ ކުޅުމުގެ ބަދަލުގައި އެ މީހުންނަށް މުސާރަ ބޮޑުކުރަން ހުށަހެޅީ، އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ. އެގޮތުން ބޮޑުކުރަން ނިންމި ގޮތަކީ:

  • ޕެޓްރޯލް އެލަވަންސް 1000ރ. އިން 2000ރ. އަށް
  • ޑްރައިވަރުގެ މުސާރަ 6500ރ. އިން 12،000ރ. އަށް
  • ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3000ރ. އިތުރު އެލަވަންސެއް

މިއާ އެކު، މިނިސްޓަރުންގެ މުސާރަ 75،000ރ. އަށް ބޮޑުވާނެ އެވެ.