ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު (މައިފޫނާ) އަށް އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެ އެވެ.
އެ ބޭފުޅުންނަށް ޓިކެޓު ކަށަވަރުވީ އެ ބޭފުޅުން ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެވެ. އެ ތިން ބޭފުޅުން ކުރިމަތިލައްވާ ދާއިރާތަކަކީ:
- އިބްރާހިމް އަމީރު – ތުލުސްދޫ ދާއިރާއަށް
- އަކްރަމް ކަމާލުއްދީން – މައްޗަށްގޯޅި މެދު ދާއިރާއަށް
- އަހްމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާއަށް
މި ތިން ބޭފުޅުންގެ އިތުުރުން ބްރޯކްޑާސްޓިން ކޮމިޝަންގެ ކުރީގެ ނާއިބު އަދި ފަހުން އެޗްޑީސީގެ ޑީއެމްޑީ އަކަށް ހުންނެވި އަހްމަދު ގައިސް އަށް ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރުވެފައިވާއިރު، 18 ވަނަ މަޖިލީހުގައި މެންބަރުކަން ކުރެއްވި އަބްދުﷲ ޝިނާން ވަނީ ކުރީން ވެސް އޭނާ ފުރުއްވި މައްޗަންގޮޅީ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވެފަ އެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި