މި އަހަރުގެ މާޗު މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް އަންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް އޮފް އޮފީސް އޮފް ދި ކޮމިޝަނަރު، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން އެހެން ވިދާޅުވީ، ކުރީގެ ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް މި މަހުގެ އެކަކުން ފެށިގެން ފުލުހުންގެ މުސާރަ މިވަގުތު ބޮޑުކޮށްދެވެން ނެތް ކަމަށް ބުނެ ނޫހަކުން ޖެހި ހަބަރަކާ ގުޅިގެންނެވެ.
އެ ނޫހުން އެ ހަބަރު ގެނެސްދިނީ ފުލުހުންގެ ހެޑް އޮފް ވޯކް ފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު ސޮއިކުރައްވައި މިއަދު ނެރުނު ދެންނެވުމަކާ ހަވާލާދީ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު އިދާރާތަކަށް ފޮނުވައި، މި އަހަރު ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރަން ނިންމައިފަ އެވެ.
އެގޮތުން އެ ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. އިން 16،300ރ. އަށް މުސާރަ ބޮޑު ކުރުމަށެވެ.




ގުޅުންހުރި
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި
ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މި ސަރުކާރުގެ ފްލެޓް އުސޫލު: ދޭނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ނިންމުމުގެ
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ