މަކިޓާ ޕަވާޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދާ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް، އެސްޓީއޯ ’މަކިޓާ ހެއްޔާ‘ ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.
މުބާރާތުގެ އިނާމުތައް
- 1 ވަނަ އިނާމް: 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
- 2 ވަނަ އިނާމް: 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
- 3 ވަނަ އިނާމް: 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
މުބާރާތުގައި ރަޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެ ގޮތްތަށް:
- ވައިބާ: 7980240
- އެސްޓީއޯ މަކިޓާ ޝޯރޫމް ކައުންޓަރަށް
- އީމެއިލް: makita@sto.mv
އެސްޓީއޯ އިން ބުނީ، ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި އަދި ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
އަދި އެސްޓީއޯގެ މަގުސަދަކީ އެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދީ، އެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށްވެސް ބުންޏެވެ.
މުބާރާތުގެ ގަވާއިދު އަދި އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް sto.mv/Downloads




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ