ޖުލައި 4, 2024

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގަ އެކަށީގެންވާ ފުރުސަތު ނުލިބޭ، ހާލަތުދަނީ ގޯސްވަމުން: ޑަބްލިޔުއެޗްއޯ

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެކަށީގެންވާ ފުރުސަތު ލިބިފައިނުވާތީ އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޣާއްޒާގެ ދެކުނުގައި ހަމަލާތަށް ވަރުގަދަވެ ގިނަބަޔަކު ޝަހީދުވަމުންދާތީ އދ ގެ އިންސާނީއެހީ އެސަރަހައްދަށް ފޯރުކޮށްދިނުމަށް ދަތުރުކުރި ޓީމްތަކަށް އެސަރަހައްދަށް ވަނުމަށް ހުއްދަލިބިފައިނުވާތީ އެކަން ކުއްވެރިކޮށް ޖެނީވާގައި ހުންނަ އދ ގެ މައިމަރުކަޒުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ގެބްރިޔޭސުސް ވިދާޅުވީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި އަދިވެސް ބޮޑެތި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

”ކާބޯތަކެތި ފޯރުކޮށްދިނުމުގައި އަދި އިންސާނީ އެހީ ފޯރުކޮށްދޭ ޓީމްތަކަށް ބޮޑެތި ހުރަސްތަކެއް އެބަހުރި. އެކަންކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކްސެސް ނުލިބޭ“ ޣައްޒާގެ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އާއި އެ ޖަމާއަތުގެ ބައިވެރިން ތިބީ ”މުޅިން ތައްޔާރަށް“ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ގެންދަނީ ޣައްޒާގެ އެތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ އެހީދޭ ޓީމުތަކަށް ހުއްދަ ދިނުމަށް ދެކޮޅުހަދަމުންނެވެ.

”އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އާއި އެ ޖަމިއްޔާގެ ބައިވެރިންގެ އެދުމަށް ރުހުން ދިނުމަށް އިޒްރޭލަށް ގޮވާލަން،“ ގެބްރިޔޭސުސް ވިދާޅުވި އެވެ.

އިޒްރޭލުގެ ކޯޑިނޭޝަން އޮފް ގަވަމެންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް ނުވަތަ ”ކޯގަޓް“ އިން ތަކުރާރުކޮށް ތުހުމަތު ކުރަނީ އެކަށީގެންވާ ހަލުވި ދުވެލީގައި ސަޕްލައި ފޯރުކޮށްނުދޭ ކަމަށް ބުނެ އެވެ. ކޮގަޓްގެ ވެރިޔާ މޯޝޭ ޓެޓްރޯ ބުދަ ދުވަހު ވަނީ އިސްރާއީލުގެ އެންކްލޭވްއަށް އެހީ ފޯރުވުމަށް ހުރަސް އަޅާފައިނުވާކަމަށް ބުނެފައެވެ.

ޑަބްލިއުއެޗްއޯއިން ފަލަސްތީނުގެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް ޕީޕަރކޯން ވިދާޅުވީ، އދ. އިން ”ޣައްޒާއަށް ވަނުމަށް އިތުރު މަގުތަކެއް އޮންނަންޖެހޭ ކަމަށާއި، ޣައްޒާގެ ތެރޭގައި ވެސް މަސައްކަތް ކުރަން ޖެހޭ،ކަމަށެވެ“ ހަނގުރާމަ ހުއްޓާނުލެވުނު ހާލަތުގައި ވެސް ހިއުމެނިޓޭރިއަން ކޮރިޑޯތައް ހުޅުވާލެވެން ޖޭހޭކަމަށް އޭނާ ވިދާޅުވި އެވެ.