މި ޖެނުއަރީ މަސް ނިމޭއިރު ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގުގައި ހުންނަ އެ ކުންފުނީގެ ޕަވާ ހައުސް އެ ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވޭކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދޮންއަދަރާދަ މަގު ހުޅުވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށް ދާ ކަމަށާއި މަސައްކަތްތަކުގެ 40 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މަސައްކަތް ކުރަމުން ދަނީ މި މަސް ނިމޭއިރު މި މަގު އާއްމުންނަށް ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާލުމަށް ކަމަށް ފަހުމީ ވިދާޅުވި އެވެ.
”މިސަރަހައްދަކީ އަޅުގަނޑުމެންގެ އިންޖީނު ގެއެއް ހުރި ތަނެއް. މި ތަނުގައި 17 އިންޖީނު ހުރި. އެ އިންޖީނުތައް މިހާރު އަޅުގަނޑުމެންމިވަނީ ހުޅުމާލެއަށް ބަދަލުކޮށް އޭގެން ހިދުމަތް ދޭން ފަށާފަ. މި ތަނުން ޕަވާ ހައުސް ނެގުމުން މިހިސާބުގައި ދިރިއުޅޭ އާއްމުންނަށް ވީ އުނދަގޫތަކާއި ދުމުގެ އުނދަގުލެއް ދެން ނުކުރާނެ“ ފަހުމީ ވިދާޅުުވި އެވެ.
ފަހުމީ ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގައި އެންމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ތަނުގައި ހުރި ކޮންކްރީޓު ބެޑްތައް ނެގުން ކަމަށާއި، މި މަގު ހުޅުވާލުމަށް ފަހު، ސްޓެލްކޯގެ އިމާރާތްތަކުގެ މަސައްކަތްތައް މަގު ބޭނުން ކުރާ މީހުންނަށް އުނދަގޫނުވާނެ ގޮތަށް ކަނެކްޓިން ބްރިޖެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަގު ހެދުމުން ފަޔާ އިންޖީނު ފަދަ ބޮޑެތި އުޅަނދުތަކަށް ވެސް ދަތިކަމެއް ނެތި އެ މަގުން ދަތުރު ކުރެވޭނެ ކަމަށްވެސް ށްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވި އެވެ.

ގުޅުންހުރި
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައި ހާއްސަ ހަފުލާއެއް
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް