މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އަށް ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާދީފައިވާނެ ކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި މާލެގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށެވެ. އެ ރަށްތަކަކީ ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ. ކުޑަހުވަދޫއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ މާލެއަށް ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި ވިއްސާރައިގައި ގެއްލުން ލިބިގެން މާލެއިން 144 ގެއަކުން އެހީތެރިކަމަށް އެދުނެވެ. އޭގެތެރެއިން މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި 91 ގެއެއްގައި ވެލިބަސްތާ ޖަހާފައިވެއެވެ.
މީގެ އިތުރުން އަށް ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސިއެވެ. އެގޮތުން 11 ގެއަކުން 46 މީހަކަށް އެފަހަރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ.




ގުޅުންހުރި
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި