މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއްގަޑިއިރު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން މިހާރު ނިމޭނީ ހަވީރު 5.00 ގައި ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މާދަމާ ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ވޯޓުލުމެވެ.
މާލޭގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވާދަކުރައްވާއިރު، އިދިކޮޅު އެމްޑީޕީން ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވާދަކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ. އަދި އަމިއްލަގޮތުން ވާދަކުރައްވަނީ އެމްޑީޕީ އާއި އެމްޑީއޭގައި އުޅުއްވާފައިވާ ޝުއައިބު އަލީއެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އީސީން
ކައުންސިލުތަކާއި ޑަބްލިޔުޑީސީ އިންތިހާބުގައި ވާދަކުރަން 1700 އަށްވުރެ ގިނަ ފޯމު
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި