މިއަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއާ ނުލައި އިތުރު 10 ބޭފުޅަކަށް ޓިކެޓް ކަށަވަރުވެއްޖެ އެވެ.
ޕްރައިމަރީއާ ނުލައި ޓިކެޓް ކަށަވަރުކުރި ބޭފުޅުންގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އެމްޑީޕީ ތިން މެންބަރުން ހިމެނެ އެވެ.
ޕްރިމަރީއަކާއި ނުލާ ޓިކެޓް ކަށަވަރުވި ބޭފުޅުން
- އަމީން ފައިސަލް – ކަނޑިތީމު ދާއިރާ
- ސަލީމް ހުސައިން – އިނގުރައިދޫ ދާއިރާ
- އަލީ ނިޔާޒު – ކުރެންދޫ ދާއިރާ
- ޝާތިރު އަބްދުއްރަހްމާން – ހުރާ ދާއިރާ
- ރުގިއްޔާ މުހައްމަދު – ދަނގެތީ ދާއިރާ
- މޫސާ ޝިޔާމް އަބްދުﷲ އަލީ – މުލަކު ދާއިރާ
- އަބްދުﷲ ޝަރީފް – ގަމު ދާއިރާ
- އަހުމަދު ސައީދު – ގެމަނަފުށީ ދާއިރާ
- އަހްމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ
- އިބްރާހީމް މުއިއްޒު – ހެންވޭރު އުތުރު ދާއިރާ
މީގެކުރިން ވަނީ ޕްރައިމަރީއަކާ ނުލައި 34 ބޭފުޅަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ.
އެމްޑީޕީން ބުނިގޮތުގައި އެޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއްވާ ހޮނިހިރު ދުވަހު އެވެ..
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގަ އެވެ.

ގުޅުންހުރި
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
ބާރު ލިބޭ ދުވަހަކުން އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝަމްހީދު ޝައުގުވެރިވެއްޖެ
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ