މުންނާރު މަރާމާތު ކުރުމުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ވިއްސާރައިގެ ސަބަބުން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ހުކުރު މިސްކިތުގެ މުންނާރު މަރާމާތުގެ މަސައްކަތް ފެށުމައްޓަކައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސްޓެލްކޯއިން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް މި މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ މޫސުން ތަންނުދިނުމުގެ ސަބަބުން ފެށޭގޮތް ނުވެފައެވެ.
މާލޭ ހުކުރުމިސްކިތު ގޯތިތެރެއާއި މުންނާރާއި، މެދުޒިޔާރަތުގެ އާބާތުރަފިލުވުމާ ގުޅޭ މި މަސައްކަތަކީ އަންނަ ރަމަޟާން މަހަށް ނިންމުމަށްޓަކައި މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓެކެވެ. މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ކުރި ސައިޓް ސަރވޭގައި ސްޓެލްކޯގެ އިތުރުން މާލޭ ސިޓީ ކައުންސިލް ވެސް ބައިވެރިވެއެވެ.
މި މަސައްކަތަކީ ޓެކްނިކަން މަސައްކަތަށް ވެފައި މަރާމާތުގެ މަސައްކަތް ވިސްސާރަ ދުވަސްކޮލެއްގައި ކޮށްފިނަމަ އެ އާސާރުތަކަށް ގެއްލުންވާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ އިރުޝަދު ދެއްވާފައެވެ.
ނަމަވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ގެންދަވަނި މި މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި