ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީގެ ޓިކެޓް ކުރީގެ މެމްބަރު އަލީ ފަޒާދަށް ލިބިއްޖެއެވެ.
އޭނާއަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ ޕްރައިމަރީގައި ދެން ވާދަކުރި ގާނޫނީ ވަކީލު އަޝްރަފް އަލީ އާއި އަބްދުﷲ ޝައްފާފްގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމުމުންނެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ޕާޓީއަށް އެކަށީގެންވާގޮތެއްގައި ހިދުމަތް ކޮށްފައިނުވާ ކަމަށް ބުނެ އެވެ.
އެހެންކަމުން އިތުރު މީހަކު އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާފައި ނުވާތީ ފަޒާދަށް ޓިކެޓް ލިބޭނެ އެވެ.
ފަޒާދަކީ މީގެކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރުކަން ވެެސް ކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.
އެ ހިޔާލުތަފާތުވުންތަކުގައި ފަޒާދުގެ ކޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން 2018 ގެ ރިޔާސީ އިންތިހާބުގައި އޭނާ ތާއީދުކުރެއްވީ އޭރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
ޖުމްލަ 60 އަށް ވުރެ ގިނަ މީހުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައި ޕީއެންސީން ވަނީ އެ މީހުންނަށް އެކަން އަންގާފަ އެވެ.

ގުޅުންހުރި
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް