އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް ހޮވުނު އަހުމަދު ރިޝްވާން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް މިއަދު ސޮއިކޮށްފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ބައި އިލެކްޝަން ރިޝްވާން ކާމިޔާބު ކުރެއްވީ 320 ވޯޓާއެކު އެވެ.
އެ ގޮނޑިއަކީ އެ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ތިން ދާއިރާއެއްގެ ބައި އިލެކްޝަންގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބުވި ހަމައެކަނި ގޮނޑި އެވެ. އަނެއް ދެ ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީން ކުރިމަތިލެއްވި ކެންޑިޑޭޓުންނެވެ.
ރިޝްވާން ޕީއެންސީއަށް ސޮއިކުރި ފޯމް އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރެއްވީ މިއަދު އެވެ. އެކަން އިއުލާންކޮށް ކޮންގްރެސް ޕާޓީން ވަނީ ރިޝްވާނަށް މަރުހަބާވެސް ކިޔައިފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވުނު ރިޝްވާން ކޮންގްރެސް ޕާޓީއަށް މިއަދު ސޮއިކުރި އިރު، އޭނާ ކައުންސިލަރުގެ މަގާމުގެ ހުވާ ކުރައްވާނީ މިރެ އެވެ.




ގުޅުންހުރި
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް ބޭއްވި ބައްދަލުވުން ހޫނުވެގެން ހުއްޓާލައިފި
ލަންކާ އިން ގެއްލުނު ދިވެހި އާއިލާ ފެނިއްޖެ
ނަޝީދު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މީހާ ދިހަ އަހަރަށް ޖަލަށް
ރޯދައިގެ ކުރިން އާ 15 މިސްކިތެއް ހުޅުވޭނެ: ރައީސް
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ