ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ 3 ގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ބާއްވާ ތާރީޚަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ވެސް ބާއްވާ ދުވަހެވެ. ކުރިން ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަން ނިންމީ ފެބްރުއަރީ 17 ގަ އެވެ.
މީގެ ކުރިން 16 އަހަރު ވަން ދެން އެމްޑީޕީ ލީޑުކުރައްވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބުމުން ހިނގައިދިޔަ ދެބަސްވުންތަކަށް ފަހު، އެމަނިކުފާނުގެ ސަޕޯޓަރުން އިސްވެ އުފެއްދި ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ފުރަތަމަ ނިންމީ ފެބްރުއަރީ 17، އަށެވެ.
ޑިމޮކްރެޓްސް އިން ބުނީ ޕްރައިމަރީގައި ވޯޓު ދެވޭނީ އަދި ޕްރައިމަރީއަށް ކުރިމަތިލެވޭނީ ވެސް މި މަހު 28، ގެ އިރުއޮއްސި 6:00 ޖަހާއިރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބޭ މީހުނަށް ކަމަށެވެ.
ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ސުންގަޑި އަކީ މި މަހު 28، ގެ އިރުއޮއްސި 6:00 ކަމަށް އެ ޕާޓީން މިހާރު ވަނީ ކަނޑައަޅާފައެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއް އެ ޕާޓީއަށް ކާމިޔާބު ކުރެވިފައެއްނުވެއެވެ.
ގުޅުންހުރި
އެމްއެންޕީ، ދަ ޑިމޮކްރެޓްސް އަދި އެމްޓީޑީ 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފި
ޑިމޮކްރެޓްސްގެ ހަރުގެ ހުސް ކުރަން ފަށައިފި
ޑިމޮކްރެޓްސް އާއި އަދާލަތަށް އެއްވެސް ގޮނޑިއެއް ނުލިބި ބޮޑު ނާކާމިޔާބީއެއް!
ގާސިމު، އެމްޑީޕީއަށް: ރައީސް އަޒުލު ކުރަން ކުރާ މަސައްކަތް އެއްވެސް ޝަރުތަކާ
ސަރުކާރު ހަންމަތަ ކުރަން އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްގަލަކަށް!