މާލެ އާއި ރަސްމާލެ ކަނޑުއަޑީގެ ޓަނަލްއަގުން ގުޅާލަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ މާލޭ ސިޓީގެ އިންތިހާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާލެ އާއި ރަސްމާލެއާ ދެމެދު ގާއިމްކުރެވޭ ކަނޑުއަޑީގެ ޓަނަލް ގާއިމް ކުރުމަށްޓަކައި އެކަމަށް ގާބިލް ކުންފުނިތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޓަނަލް ވެގެންދާނީ މުޅި ދުނިޔޭގައި ވެސް ގާއިމް ކުރެވޭ އެފަދަ ފުރަތަމަ ޓަނަލަށް ކަމަށެވެ.
”މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް [އިރާދަކުރެއްވިއްޔާ] ގާއިމް ކުރެވޭ، އަންޑަވޯޓާ ޓަނަލް މާލޭން ރަސްމާލެއަށް ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެން ދާނީ، އެ ޓަނަލުގައި ދުއްވާ ޓްރެއިން [ރޭލު] ގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލް އަކަށް،“ ރައީސް ވިދާޅުވިއެވެ.
އެ ޓަނަލް ގާއިމް ކުރެވިގެން ދިޔުމުން ރާއްޖޭގެ ފަތުރުވެރިކަން ވެސް ބޮޑުތަކުން ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ ނަމުގައި ސިޓީއެއް ގާއިމް ކުރަނީ ކ. ގުޅި ކައިރީ އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެންނެވެ. އެތަނަށް ލޯންޗެއްގައި މާލެއިން ދެވެނީ 17 މިނެޓުންނެވެ. އެއީ ހުޅުމާލޭގެ ތިން ގުނަ ބޮޑު ތަނެކެވެ.
ރަސްމާލޭގައި މީހުން އާބާދުކުރެވުމުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލި ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ