ސަރުކާރު ހިންގާ މައި ދެ ޕާޓީ، ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް 13 ބޭފުޅަކަށް ޓިކެޓް ކަަށަވަރު ވެއްޖެ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ބޭފުޅުންނަށް އެ ކޯލިޝަންގެ މަޖިލިސް ޓިކެޓް ކަށަވަރުވީ މަޖިލީސް ޓިކެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށް އެދި ހުށަހަޅައިފައިވާތީ އާއި އެކިއެކި ސަބަބުތަކާއެކު ބައެއް މެންބަރުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެއް މެމްބަރަށް އަދަދު މަދުވެފައިވާތީ ކަމަށެވެ.
އެގޮތުން ޓިކެޓް ކަށަވަރުވި ބޭފުޅުންނަކީ:
- ހޯރަފުށީ ދާއިރާ – އަލީ މޫސާ
- ބާރަށު ދާއިރާ – އިބްރާހީމް ޝުޖާއު
- ހަނިމާދޫ ދާއިރާ – އިދުރީސް އަބްދުﷲ
- އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް (ރެޑްވޭސް ސަލީމް)
- މަހިބަދޫ ދާއިރާ – އަހްމަދު ތޯރިގް (ޓޮމް)
- ނިލަންދޫ ދާއިރާ – ފާތިމަތު ސައުދާ
- ތިމަރަފުށި ދާއިރާ – އިބްރާހީމް ސަނާޙް
- ފޮނަދޫ ދާއިރާ – އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)
- ހިތަދޫ މެދު ދާއިރާ – އަހްމަދު އަޒާން މަރްޒޫގް
- ހުޅުދޫ ދާއިރާ – މުހައްމަދު ޝާހިދު (ޝާޑު)
- ގަލޮޅު ދެކުނު ދާއިރާ – އިބްރާހީމް މުހައްމަދު (އިބުޓީ)
- ހެންވޭރު ހުޅަނގު ދާއިރާ – އަލީ އިބްރާހީމް
- ހުޅުމާލެ މެދު ދާއިރާ – އަބްދުﷲ ޝަޒީމް
ޕީޕީއެމް/ ޕީއެންސީގެ މަޖިލީސް ޓިކެޓް 13 ބޭފުޅަކު ކަށަވަރު ކުރެއްވި އިރު، ޕާޓީ ތެރޭގައި ފިތުނު އުފެއްދި ކަމަށް ތުހުމަތުކޮށް އަދި އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާ ކަމަށް ބުނެ ޕްރައިމަރީއަށް ނަން ހުށަހެޅި ބައެއް މީހުނަށް ވާދަ ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބަދަލުކޮށް ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ވަނީ ހަދައިފަ އެވެ.
ގުޅުންހުރި
ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުމަށް މަޝްވަރާކޮށްފި
ކޮމިޔުނިކޭޝަން އޮތޯރިޓީ ހޯމްލޭންޑް ދަށަށް
ފަލަސްތީނަށް ހަދިޔާކުރާ ދެމިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓް މިމަހު 15 ގައި
ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާނެ: ރައީސް އޮފީސް
ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ފުރައިފި
ސަސްޕެންޝަންގައި ތިބެ މުސާރަ ނަގާތާ އަށް މަސް ފަހުން ޝިއުނާއާއި މަލްޝާ