ސަރުކާރާ އިދިކޮޅު ދެ ޕާޓީގެ ގޮތުގައި ގުޅިގެން އެކުގައި މަސައްކަތް ކުރަން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން އެކުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ.
”މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާއެކު މި ގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް،“ ފައްޔާޒް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަކައާ މިހާރު ކަންކަން ވަމުން އަންނަ ގޮތާއި ކުރަމުން އަންނަ ގޮތާ ދިމާ ނުވާ ކަމަށެވެ.
އެހެންވެ އެމްޑީޕީ އާއި ޑިމޮކްރަޓްސް ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.


ގުޅުންހުރި
އަދީބު އަތުން ލިބުނީ ދައުލަތް ލޫޓުވައިގެން ހޯދި ފައިސާކަމެއް އެ ލިބުނު
ފާޑުކިޔާ މީހުންނަށް ގާސިމުގެ ރައްދު: ރައީސްގެ ރިޔާސީ ބަޔާނުން ނިޔަތް ރަނގަޅުކަން
ރައްޔިތުން ވަރުބަލިވެއްޖެ، ދެން މަސައްކަތް ކުރާނީ ސަރުކާރު ބަދަލުކުރަން: ފައްޔާޒު
އެމްޑީޕީން އުޅެނީ ވެރިކަމުން ބޭލީމާ ހަޖަމު ނުވެގެން، ދެންވެސް ބަލިކުރާނަން: ޝުޖާއު
އަބްދުއްރަހީމާއި ފައިސަލަށް ހަމްދަރުދީއެއް ނެތް، ކުރިކަމެއްގެ އަޖަލު އެ މީހަކާ ބައްދަލުކުރާނެ:
ފައިސަލްގެ ޕޯސްޓެއް: ނަޝީދު ޓެގުކޮށް، ލިޔުއްވީ އެ މަނިކުފާނުގެ ބަސްކޮޅެއް!