ދައުރުން ބޭރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އާދީއްތަ ދުވަހު ބާއްވަން އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައިވާގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުންދިނުމާ މެދު ވޯޓަށް އެހުން ވެސް އެ ދުވަހުގެ ޖަލްސާގައި އޮންނާނެއެވެ.
މީގެއިތުރުން ރަމަޟާން މަހުގެ ތެރޭގައި އިންތިހާބުތައް ބޭއްވުން މަނާކުރަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން އެޖެންޑާކޮށްފައިވެއެވެ.
އަދި ގޯއްޗާއި ފްލެޓް ދިނުން އަވަސްކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ވެސް އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.
އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ވަނީ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން ހުށަހަޅާފައެވެ. އެ ދެ ޕާޓީ ގުޅިގެން ކުރަން ނިންމާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ހިމެނެއެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން