ފަލަސްތީނުގައި ގަތުލުއާއްމުގެ އަމަލުތައް ހިންގުން ހުއްޓުވައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން ދުނިޔޭގެ ކޯޓް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި 26،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށް އެދި ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅީ މި މަހުގެ ކުރީކޮޅެވެ.
އެ މައްސަލައާ ގުޅިގެން އިޒްރޭލުން ވަނީ މިއީ ޖެނޮސައިޑް ކޮންވެންޝަންގައި ބުނާ ޝަރުތުތައް ހަމަނުވާ އަދި އެކަށީގެންވާ ހެކި ވެސް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ މައްސަލަ ބާތިލުކުރުމަށް ކޯޓުގައި އެދިފަ އެވެ.
ނަމަވެސް އެ މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށާއި އެހެންވެ އެ މައްސަލަ ބެލުމުގެ އިހުތިސާސް ކޯޓަށް ލިބިގެންވާ ކަމަށެވެ.
އައިސީޖޭން މިއަދު ނެރުނު އަމުރުގައި ވަނީ އިޒްރޭލު ސިފައިން ގަތުލުއާއްމު ނުހިންގާކަން ކަށަވަރު ކުރުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމަށާއި އަދި އިންސާނީ ހާލަތު ރަނގަޅު ކުރުމަށް އިޒްރޭލުން ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ.
އަދި އައިސީޖޭގެ އަމުރަށް ކިޔަމަންވުމަށް އަޅަމުންދާ ފިޔަވަޅުތައް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ތެރޭ ކޯޓަށް ހުށަހެޅުމަށްވެސް 15 ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުއްވި އަމުރުގައިވެ އެވެ.
ނަމަވެސް، ދެކުނު އެފްރިކާ އިން ކޯޓުގައި އެދުނު ގޮތަށް ގާޒާގައި ހަމަލާ ބަދަލުކުރުން ވަގުތުން މެދުކަނޑާލުމުގެ އަމުރެއް އެ ކޯޓުން ނެރެއެއް ނުދިނެވެ.




ގުޅުންހުރި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި